ފާރުތަކުގައި އިންޑިއާއައުޓް ލިޔުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގޮވާލެއްވުމާއެކު ށ. ފުނަދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ދޭހަވާ މޭރުމަކުން ލިޔެފިއެވެ.
ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހު ފުނަދޫއަށް ވަޑައިގެން ބޭއްވެވި "އިންޑިޔާ އައުޓް" ހަރަކާތުގައި އެމަނިކުފާނު ވަނީ ފާރުތަކުގައި އިންޑިޔާ އައުޓް ލިޔުމަށް ގޮވާލައްވާފައެވެ. ފުނަދޫ ސްކޫލް ފާރުގައި ލިޔެފައިވަނީ "ސޭ ނޯ ޓު އިންޑިއަން" އެވެ. އިންޑިއާ އައުޓް ދޭހަވާފަދަ މޭރުމަކުން ސްކޫލެއްގެ ފާރުގައި ލިޔެފައިވާއިރު ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އިންޑިއާ އަށް ނިސްބަތްވާ ޓީޗަރުން ކިޔަވައިދެމުން ގެންދެއެވެ.
އެކަމާ ގުޅިގެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ށ. ފުނަދޫ ދަރިވަރުންނަށް ކިޔަވައިދޭ 40 އަށްވުރެ ގިނަ އިންޑިއާ ޓީޗަރުންތިބޭއިރު، ސްކޫލް ފާރުގައި "އިންޑިއާ ރައްޔިތުންނަށް ނޫނެކޭ" ބުނުމަށް ގޮވާލާ ލިޔުމުގެ ސަބަބުން ޓީޗަރުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.
"ސިޔާސީ ބޭނުމެއްގަ މިފަދަ ޒިންމާދާރުކަމެއްނެތް އަމަލުތައް ހުއްޓާލަންޖެހޭ." މިނިސްޓަރ މަޙްލޫފް ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ، މިފަދަ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ށ.ފުނަދޫ ދަރިވަރުންނަށް ކިޔަވައިދޭ 40 އަށްވުރެ ގިނަ އިންޑިއާ ޓީޗަރުންތިބޭއިރު، ސްކޫލް ފާރުގައި”އިންޑިއާ ރައްޔިތުންނަށް ނޫނެކޭ “ ބުނުމަށް ގޮވާލާ ލިޔުމުގެ ސަބަބުން ޓީޗަރުން ތިބީ ބޮޑުކަންބޮޑުވުމެއްތެރޭގައި. ސިޔާސީ ބޭނުމެއްގަ މިފަދަ ޒިންމާދާރުކަމެއްނެތް އަމަލުތައް ހުއްޓާލަންޖެހޭ. pic.twitter.com/esUEZWqBkI
— Ahmed Mahloof (@AhmedMahloof) January 16, 2022
ފުލުހުން ބުނީ، މިފަދަ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު