އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު
އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު
އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދުގެ ރުޅިގަނޑު ފަޅައިގެންގޮސް ރައީސް ޔާމީނަށް ނިސްބަތްކޮށް ހުތުރު ބަސްތަކެއް ބޭނުންކުރަށްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިއްޔެރޭ އޮތް ކެމްޕޭން ޖަލްސާގައި ޖަޒުބާތުގައި ޖެހިވަޑައިގެން ރުޅި ކޮންޓްރޯލްނުވެ ހަސަންޓޭ ވަނީ ރައީސް ޔާމީނަށް އެއާޕޯޓް ނޭޅޭނެ ކަމަށާއި އެމަނިކުފާނަށް އެޅޭނީ "އމ" (މައިމީހާއާ ނިސްބަތްކޮށް ހުތުރުކޮށް ބޭނުންކުރާ ބަހެއް) ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ހަސަންޓޭ ވަނީ ރުޅިއެރުވުމުން އެފަދަ ބަސްބަސްވެސް ބޭނުން ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެ ޖަލްސާގައި ޙަސަންޓޭ ވިދާޅުވީ ކޮމަންޑޫ ދާއިރާ ތަރައްޤީ ކުރާނީ ރައީސް ޞާލިޙް ކަމަށާއި އެހެންކަމުން އެމްޑީޕީ ފިޔަވައި ވޯޓުދޭންވީ އިތުރު ޕާޓީއެއް ކޮމަންޑޫގެ ރައްޔިތުންނަށް ނޯންނާނެ ކަމަށްވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުޙީއަށް ތާޢީދު ހޯއްދެވުމަށް އެދާއިރާގެ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިއީ 2023ގެ އިންތިޚާބުގެ ފުރަތަމަ ފިޔަވަޅުކަމަށް ވިދާޅުވެ ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ށ. ދިގުވެލިދޫގައި އެއާޕޯޓެއް އަޅައި އެ އަތޮޅުގެ ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ.

ރައީސް ޔާމީން ށ އަތޮޅުގެ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާއިރު ރައީސް ޞާލިޙްވެސް ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެ ދާއިރާގެ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އަދި އޭގެ ތެރެއިން ބައެއް ވަޢުދުތަކުގެ ޢަމަލީ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައެވެ.

އިންތިޚާބާ ދިމާކޮށް ހިންގާ މަޝްރޫޢުތަކަކީ ނުފޫޒު ފޯރުވުމުގެ ޢަމަލުތަކެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނި ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މެނިފެސްޓޯގައި ހިމެނޭ ކަމެއްނަމަ އެކަމެއް މި ދުވަސްވަރުވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު