ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ފާދިއްޕޮޅުގެ ރައްޔިތުންތިބީ ހިންނަވަރާއި ނައިފަރު ބްރިޖްގެ ޢަމަލީ މަސައްކަތް ފަށާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމަނިކުފާނުގެ ވަޢުދުފުޅު ހަނދުމަފުޅުކޮށް އަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އެދާއިރާގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު އޭގެތެރޭގައި ހިމަނައިގެން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ސަރުކާރުން ވަނީ ފަށާފައެވެ. މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ނައިފަރާއި ހިންނަވަރު ގުޅުވާލުމުގެ ވައުދަކީވެސް ރައީސް ޞާލިޙްގެ ވަޢުދުފުޅެއް ކަމަށާއި އެ ވަޢުދު ފުއްދަވާނެ ދުވަހެއްގެ އިންތިޒާރުގައި އެދާއިރާގެ ރައްޔިތުން އެބަ ތިބި ކަމަށެވެ.

"ރައީސް ޞާލިޙްގެ ބްރިޖްތަކުގެ ވަޢުދުތަކަކީ ހުސްނުވާ ހުސް ވައުދުތަކެއް." މެންބަރު ޝިޔާމް ވިދާޅުވެފައިވެއެވެ.



ރިޔާސީ އިންތިޚާބުގެ ތެރޭގައި ޅ. އަތޮޅަށް އެމްޑީޕީގެ ބޮޑުު ތަސައްވަރެއް އޮތް ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ގިނަ ވަޢުދުތަކެއް އެ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންފައެވެ. އެގޮތުން ހިންނަވަރާއި ނައިފަރު ގުޅާލަން ބޭނުންވާ ކަމަށާއި އެ ދެމެދުގައި ހުރި ރަށްތަކާއި އެކީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގުޅާލާނެ ކަމަށް ވިދާޅުވެ އޭރު ވަނީ އެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލާނީ ލިންކަކުންކަމަށާއި 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު