ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބަޔަކު ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބަޔަކު ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 39 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަނގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާގެ ހަތް މީހުންގެ އިތުރުން ލަންކާގެ މީހެއް ކަމަށެވެ.

މި އަދަދުތަކާއި އެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1313 ށް އަރާފަ އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 109 މީހުންނެވެ. ބަލީގައި ނިޔާވެފައި ވަނީ 4 މީހެކެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 11 މީހަކަށެވެ.

ރާއްޖެއިން ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީންނެވެ. އޭގެތެރޭގައި ވެސް އެންމެ ގިނައީ ބަނގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް އެގައުމުގެ 675 މީހުން ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވާ ދިވެހިންގެ އަދަދަކީ 469 އެވެ. ޕޮޒިޓިވް މީހުންގެ ތެރޭގައި ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެގައުމުގެ 126 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން