ކޮވިޑަށް ފައްސިވާ ސިވިލް ސާވަންޓުން ގޭގައި މަސައްކަތްކުރާ ގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުންނާއި ކޮންޓެކްޓުން ގޮތުގައި އެކަހެރިކުރެވޭ މުވައްޒަފުން ގޭގައި ތިބެގެން މަަސައްކަތްކުރެވޭނެގޮތް ސިވިލް ސާވިސްގެ އިދާރާތަކުން ހަމަޖައްސާފައިވާކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ސަރކިއުލާގައި މުވައްޒަފުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އެޗްޕީއޭއިން އަންގާފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ބަލީގެ ޢަލާމާތްތައް ނުފެންނަ ފަރާތްތަކުން ސާމްޕަލް ނަގާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށެވެ. އަދި ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވް މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.
ނަމަވެސް ވެކްސިން ފުރިހަމަނުވާ ކޯވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު