ޓްރީ ޓޮޕް ހޮސްޕިޓަލް (ރަސް ފޮޓޯ، ޝާހް)  ޓްރީ ޓޮޕް ގައި މިހާރު ވަރުވާދެނީ 10 މީހަކަށް
ޓްރީ ޓޮޕް ހޮސްޕިޓަލް (ރަސް ފޮޓޯ، ޝާހް) ޓްރީ ޓޮޕް ގައި މިހާރު ވަރުވާދެނީ 10 މީހަކަށް
ކޯވިޑް-19 އާ ގުޅިގެން މިވަގުތު ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަނީ ތިން މީހުންނަށް ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންނެވެ. އެ ހޮސްޕިޓަލުގައި ޖުމްލަ 10 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ. އޭނާ އަކީ ބަލި ފަސޭހަވެފައިވާ މީހެއް ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

 ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިރޭ ވަނީ 1،313 އަށް އަރާފައެވެ. އޭގެތެރެއިން 127 މީހަކު މިހާރު ބަލި ޖެހި ރަނގަޅުވެފައިވެއެވެ. ޢެބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 4 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން