ތަހާރަތު ވަހީދު
ތަހާރަތު ވަހީދު
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު ވަހީދަށް ސަރުކާރުގެ ސިޔާސީ މަގާމެއް ދީފިއެވެ.

ތަހާރަތު ހަމަޖައްސަވާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ކޮމިއުނިކޭޝަންސް ޑިރެކްޓަރެއް އައްޔަނުކުރުމާއި ގުޅިގެން އެ މިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓްގެ މަސައްކަތްތައް މީގެފަހުން ބަލަހައްޓަވާނީ ތަހާރަތެވެ. ހަމައެއާއެކު އެ މިނިސްޓްރީގެ މުއާސަލާތީ މަސައްކަތްތަކުގައިވެސް އެންމެ އިސްކޮށް އުޅުއްވާނީވެސް ތަހާރަތެވެ.

ތަހާރަތަކީ ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަށްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު