ކޯވިޑް-19 ޖެހިގެން މިއަދު ތިން މީހުން ނިޔާވެއްޖެއެވެ.
މިއަދު ހެނދުނު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. އޭގެފަހުން އެޗްޕީއޭއިން މިއަދު ވަނީ އިތުރު ދެމީހަކު ނިޔާވެފައިވާކަން ހާމަކޮށްފައެވެ. އެއީ ލާމު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނަކާއި އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދު ނިޔާވި ތިން މީހުންނާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 250 ދިވެހިންނާ 18 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖެއިން އިއްޔެ 2137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު