ޖަޒީރާ ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމުން މިހާތަނަށް 12730 ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ބުނީ 14 ޖެނުއަރީ 2019 ގައި ފެށި ޕްރޮގްރާމްގެ ދަށުން މިދިޔަ ތިން އަހަރު ތެރޭގައި 349 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ހޭދަކޮށްފައިވާކަމަށެވެ.
އެ މިނިސްޓްރީން މިއަދު ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ސްކީމުގެ ދަށުން 12،730 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތުވަނީ ތަނަވަސްކޮށްދީފައެވެ. އޭގެ ތެރެއިން 10،103 ކުދިން މިހާރު ވެސް ކިޔަވަމުން އަންނައިރު، 2،127 ދަރިވަރުން މިހާރު ކިޔަވާ ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހި ޒުވާނުންނަކީ ގާބިލު، ފަންނީ އަދި ހިޔާލު ތަނަވަސް ބަޔެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް، އަދި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަކީ ރައީސް ޞާލިޙާއި އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ.

MoHE First Degree Scheme (FDS) review 2022 pic.twitter.com/FqMegWalcO
— Ministry of Higher Education (@MoHEmv) January 20, 2022
ދިވެހި ޒުވާނުންނަކީ ގާބިލު، ފަންނީ އަދި ހިޔާލު ތަނަވަސް ބަޔެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް، އަދި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަކީ ރައީސް ޞާލިޙާއި އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ހިޔާލު