މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑު ކޮށްފިއެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 12.08 ރުފިޔާ އަށް ކަމަށެވެ. އަދި އާއްމުންނަށް ވިއްކަނީ 14.26 ރުފިޔާއަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.03 ރުފިޔާއަށެވެ. އާއްމުންނަށް ވިއްކަމުން އައީ 13.19 އަށެވެ.
އެސްޓީއޯއިން ވެސް ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަން ތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 12.06 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި މިވަނީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު