ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ރޭގަ ޕީސީއާރް ހެއްދެވުމުންކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށެވެ.
ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ ރަށަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.

އަޅުގަނޑު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ، އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ޕީސީއާރް ހެދުމުން. މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން.
— Ibrahim Mohamed Solih (@ibusolih) January 22, 2022
ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށެވެ.
ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ ރަށަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު