ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފި އެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން މިދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ރައީސް ނަޝީދާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ އިސްބޭފުޅުން ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ ފޯކައިދޫއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ޕާޓީގެ ރައީސް، ރައީސް @MohamedNasheed އާއި ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިނަށް ފޯކައިދޫ ވަޑައިގަތުމުން ހޫނު މަރުހަބާ އެއް ދަންނަވައިފި.#HappeningNow#VoteRashid#Agenda19 pic.twitter.com/7091Uaq6kE
— Ahmed Anwar (@Simwarr) January 22, 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު