ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު
ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު
ފަނަރަ މިނެޓް ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އެންޓިޖެން ޓެސްޓު ހަދަނީ ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުން ކަމަށެވެ. މި ޓެސްޓުގެ ނަތީޖާ 15 މިނިޓާއި 30 މިނެޓްގެ ތެރޭގައި ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ހެންވޭރު ދަނޑާއި ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުގައި އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށެވެ. މީގެ އިތުރުން މާލޭގެ ސޯޝަލް ސެންޓަރާއި ސެނަހިޔާގައި ވެސް މި ޓެސްޓު ހަދަމުން ދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މިއީ ރައީސް ޞާލިޙްގެ އެންގެވުމުގެ މަތިން ހަމަޖެއްސި ކަމެއް ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެ ކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ޓެސްޓް ކުރުމަށް ހަދަމުން އަންނަ ޕީސީއާރު ޓެސްޓުގެ އަގުބޮޑުކަމުގެ ޝަކުވާ ޢާއްމުން ދަނީ ކުރަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިންވެސް ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޕްރޫވް ކޮށްފައިވާ ރެޕިޑް އެންޓިޖެން ޓެސްޓްތަކަށް ހުއްދަ ދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން