ކޯވިޑް-19 އަށް ގިނަޢަދަދެއްގެ ބަޔަކު ޕޮޒިިޓިވްވުމާއި ގުޅިގެން ހއ. ދިއްދޫގައި ކާފިއު ހިންގަން ފަށައިފިއެވެ.
ދިއްދޫގައި މިހާތަނަށް 472 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެރަށުގައި މިވަގުތު ބަލިޖެހިފައި ތިބިމީހުންގެ ޢަދަދު 109 ކަށް އަރާއިރު 362 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެރަށުން ވަނީ އެކަކު ނިޔާވެފައެވެ.
ދިއްދޫ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ކޮވިޑް ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް މިމަހުގެ 20 ވަނަ ދުވަހު އެރަށް މޮނީޓަރިންގެ ޙާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ދިއްދޫ ކޮވިޑް ޓާސްކް ފޯހުން ކައުންސިލަށް ލަފާދީފައިވާކަމަށް އިޢުލާނުގައިވެއެވެ.
ދިއްދޫގައި ކޯވިޑް-19 ފެތުރެމުންދާތީ ދިއްދޫ ކައުންސިލުން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނަށް ކުދިން ހާޒިރުކޮށްގެން ކިޔަވަދިނުން މަނާކޮށް، ގްރޭޑް ހަތަކަށްވުރެ ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންދިއުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ހުއްދަ ދީފައިވާ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމަށާއި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް ވެސް އެ އިއުލާނުގައި ވަނީ އަންގާފައެވެ. އަދި ފިހާރަ، ކެފޭ ހޮޓާ އަދި ބޯކޮށާ ސެލޫން ފަދަ ތަންތަން ރޭގަނޑު 9 ގެ ފަހުން ބަންދުކުރުމަށްވެސް އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު