އެކަމާނާއަށް ނިސްބަތްކޮށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް ޑިފެންސް މިނިސްޓަރު އައުސްތާޛާ މާރިޔާ އަހުމަދު ދީދީ މިއަދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މާރިޔާ މިގޮތަށް އެދިވަޑައިގެންފައިވަނީ އެކަމަނާގެ ދަރިކަލުންގެ ނަމުގައި އިނގިރޭސިވިލާތުގައި 1.5 މިލިއަން ޕައުންޑްގެ ގެއެއް ބައްލަވައިގެންފައި ހުރިކަމަށް ތުހުމަތުކޮށް ޢާއްމުންގެ މީހަކު ކޮށްފައިވާ މެސެޖެއް މީސްމީޑިއާގައި ޢާއްމު ކުރަށްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަނާގެ ދަރިކަލުންނަނީ އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލެއް ކަމަށެވެ. އަދި ޢުމުރުން 40 އަހަރުވީ ދަރިއެއްގެ މަސައްކަތާ އޭނާގެ އާމްދަނީ މިސަރުކާރާ ގުޅުވާ އިންތިހާބުތަކާ ދިމާކޮށް ސުރުހީ ހެދުމަކީ ދެރަަ ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
"ކޮރަޕްޝަންގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެކަމެއް އޭސީސީ އަށް ހުށަހަޅުއްވާ ތަހުގީގު ކުރައްވާ. އަޅުގަނޑު ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާ އެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން؛ ފެށުނީއްސުރެ ރާއްޖޭން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ އެކަމަނާއަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އޭސީސީއަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މީސްމީޑިއާގައި މާރިޔާގެ މި ވާހަކައަށް ޖަވާބުދިން ބައެއް މީހުންވަނީ އޭސީސީ ކޮބައިތޯއޭ ބުނެ ސުވާލު އުފައްދާ ފައެވެ. އަދި އެއީ އުމުރުން 40 އަހަރުވީ ލޯޔަރެއްގެ މަސައްކަތުން އޭނާއަށް މިހާތަނަށް ލިބޭނެ އާމްދަނީއާ ނުބައްދަލު މުއްސަނދި ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
މިނިސްޓަރ މާރިޔާގެ ދަރިކަލަކާ ގުޅުވައިގެން އެކަމަނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވާ މި ދަނޑިވަޅަކީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭންވެސް ކުރިއަށްދާ ވަގުތެވެ. އަދި މިނިސްޓަރ މާރިޔާ ގެންދަވަނީ އެއިންތިޚާބުގައި ވާދަކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދަށް ތާޢީދު ހޯއްދެވުމަށް ކެމްޕޭންގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮރަޕްޝަންގެ ތުހްމަތެއް އަޅުގނޑަށް ކުރައްވާނަމަ އެކަމެއް ACC އަށް ހުށަހަޅުއްވާ ތަހްޤީގް ކުރައްވާ. އަޅުގނޑު ދަރިފުޅަކީ MDPހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަޤާމެއްނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއްނޫން؛ ފެށުނީއްސުރެ ރާއްޖޭންބޭރުގަ އަމިއްލަ މަސައްކަތްކުރާކުއްޖެއް
— Mariya Didi 🎈 (@MariyaDidi) January 25, 2022
މާރިޔާ ވަނީ އެކަމަނާއަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އޭސީސީއަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މީސްމީޑިއާގައި މާރިޔާގެ މި ވާހަކައަށް ޖަވާބުދިން ބައެއް މީހުންވަނީ އޭސީސީ ކޮބައިތޯއޭ ބުނެ ސުވާލު އުފައްދާ ފައެވެ. އަދި އެއީ އުމުރުން 40 އަހަރުވީ ލޯޔަރެއްގެ މަސައްކަތުން އޭނާއަށް މިހާތަނަށް ލިބޭނެ އާމްދަނީއާ ނުބައްދަލު މުއްސަނދި ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
މިނިސްޓަރ މާރިޔާގެ ދަރިކަލަކާ ގުޅުވައިގެން އެކަމަނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވާ މި ދަނޑިވަޅަކީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭންވެސް ކުރިއަށްދާ ވަގުތެވެ. އަދި މިނިސްޓަރ މާރިޔާ ގެންދަވަނީ އެއިންތިޚާބުގައި ވާދަކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދަށް ތާޢީދު ހޯއްދެވުމަށް ކެމްޕޭންގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު