އިތުރު 125 މީހުންނާއި އެކު، އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 807 އަށް އަރައިފިއެވެ.
އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫ ސިޓީން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 125 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އައްޑޫސިޓީގައި ކޯވިޑަށް ޕޮޒިޓިވް މީހުންގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ ޖުމުލަ 807 މީހުންނެވެ.
އައްޑޫ ސިޓީގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކަނީ ހިތަދޫންނެވެ. އެ އަވަށުން އެކަނި 343 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކައެވެ. މީގެ އިތުރުން، ފޭދޫން 160 މީހަކާއި، ހުޅުދޫ 67 މީހަކާއި، މީދޫން 144 މީހެއްގެ އިތުރުން، މަރަދޫފޭދޫ 28 މީހަކާއި މަރަދޫ 42 މީހެއްގެ އިތުރުން ރިސޯޓަކުން 19 ފައްސިވެފައި ވެއެވެ.
އައްޑޫ ސިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ ތިން މީހަކަށެވެ. މިހާތަނަށް އައްޑޫ ސިޓީއިން މި ބަލީގައި 15 މީހަކު ނިޔާވެފައިވެއެވެ.

Addu City Covid-19 case status as of 24th January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/T983viVLhk
— Addu Emergency Operations Center (@EOCaddu) January 25, 2022
އައްޑޫ ސިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ ތިން މީހަކަށެވެ. މިހާތަނަށް އައްޑޫ ސިޓީއިން މި ބަލީގައި 15 މީހަކު ނިޔާވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު