ކޯވިޑް-19 ޖެހިގެން ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ޏ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ހޯމަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އެއީ 80 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 271 އަށް އަރާފައެވެ. މިއީ މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި ނުވަ ވަނަ މީހާއެވެ. މިމަހު އެންމެ ގިނަ މީހުން ނިޔާވީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރު މީހަކު ނިޔާވެފައިވެއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 253 ދިވެހިންނާ 18 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖެއިން މިއަދު 2609 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

Yesterday (24/01/22) at 04:55 pm a 80-year-old Maldivian male admitted at Gn Covid Management Facility has passed away
— Health Protection Agency (@HPA_MV) January 25, 2022
This is the 271st COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖެއިން މިއަދު 2609 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު