ރާއްޖޭގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސީ އެމްބިއުލާންސެއް
ރާއްޖޭގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސީ އެމްބިއުލާންސެއް
ކޯވިޑް-19ގެ ސާމްޕަލް އެއްތަނުން އަނެއްތަނަށް އުފުލުމަށް 13 ލޯންޗު ފޯރުކޮށްދޭން ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އެމަރޖަންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓްގެ ދަށުން ކޮވިޑް ސާމްޕަލްތައް ޓްރާންސްފަރ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި ބީލަން ކުރިއަށް ގެންދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ މަތިން، ވޯލްޑް ބޭންކް ގައިޑްލައިންސް އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތައް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ އެއްގޮތަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 1500ރ ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މި ފައިސާ ބަލައިގަންނާނީ މާރޗު ހަތް ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ކޯވިޑްގެ ޙާލަތު ގޯސްވެފައިވާއިރު އަތޮޅުތެރޭގައި ނަގާ ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށް މިހާރު ބޭނުންކުރަނީ އެމްއެންޑީއެފް ހާބަރކްރާފްޓާއި އަތޮޅުތަކުގައި ހުރި ސީއެމްބިއުލާންސްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން