ވިޔަފާރިވެރިޔާ ސެންޓް އާދަމް މަނިކު ކޯވިޑް-19 ގައި އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގ. ސެންޓުގެ އާދަމް އިބްރާހިމް (އާދަމްމަނިކު) އަވަހާރަވެފައިވަނީ ކޮވިޑްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ. ފުޅާ ދާއިރާއެއްގައި ފެނުގެ ވިޔަފާރި ކުރައްވާ ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކު ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދެވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައެވެ.
ކޮވިޑްގައި މިއަދު މީހަކު ނިޔާވިކަން އަދި އެޗްޕީއޭއިން އިއުލާނެއް ނުކުރެއެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ. މިއީ މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި އެގާރަ ވަނަ މީހާއެވެ. މިމަހު އެންމެ ގިނަ މީހުން ނިޔާވީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރު މީހަކު ނިޔާވެފައިވެއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 255 ދިވެހިންނާ 18 ބިދޭސީންނެވެ.
ރާއްޖޭން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖޭން އިއްޔެ 2813 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު