ރިޝްވަތު ހިފުމުގެ ދަޢުވާ އުފުލާފައިވާ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޙްލޫފްގެ މައްސަލަ މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމެއްނެތް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލައިގެ ޝަރީޢަތް ފެށުން ފަސްކޮށްފައިވާކަމަށް ކްރިމިނަލްކޯޓުގެ މީޑިއާ އޮފިސަރާ ޙަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މަހްލޫފްގެ މައްސަލައިގެ އަޑުއެހުން އެންމެފަހުން ތާވަލުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ މައްސަލަ ކުރިޔަށް ގެންދެވެން އޮތީ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުވެގެންކަމަށާއި، އެހެންކަމުން ކޯވިޑު-19 ގެ ހާލަތު ރަނގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެކަމަށެވެ.
މިއަދު ކުރިއަށް ގެންދިޔަ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނިލޯންޑަރިންގެ ދަޢުވާގައި އެމަނިކުފާނުގެ ވަކީލުން ވަނީ އެ ނުކުތާ ފާހަގަކުރަށްވައި ރައީސް ޔާމީންގެ މައްސަލަވެސް ކޮވިޑްގެ ޙާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ހުށައަޅުއްވާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލަ އަވަސްއަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ތަފާތުކުރުން ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.
އެކަމާގުޅިގެން ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލް މިއަދު ވިދާޅުވީ ކުޅިވަރާބެހޭ ވަޒީރު މަޙްލޫފްގެ މައްސަލަ މަޑުޖައްސާލުމަށް ނުވަތަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމެއްނެތް ކަމަށެވެ. ނަމަވެސް އެފަނޑިޔާރެއްގެ ޑިވިޜަންގައި އޮންނަ މައްސަލައެއް ކުރިއަށް ގެންދަންވީ ގޮތެއް ނިންމަވާނީ އެ ފަނޑިޔާރެއް ކަމަށް އިސްޤާޟީ ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެމައްސަލާގައި ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް މަޙްލޫފްގެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ޗެއިން އޮފް ކަސްޓަޑީއެއްނެތް ޗެޓްލޮގެއްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން އަމަލުކުރި ގޮތާއި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން އެ ގައުމުގެ ގާނޫނުތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ނެގުން ފަދަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު