ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 571 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި އެކުންފުންޏަށް ޖުމްލަ 571 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިޢަދަދުން ޓެކުހަށް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 478 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ފަހު ކުއާޓާގައި އެސްޓީއޯއިން 3.3 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ފަހު ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 131 މިލިއަން ރުފިޔާއެވެ. މިދިޔައަހަރު އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. ތެލުން 2.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯ އިން މިދިޔަ އަހަރު ޖުމްލަ 10 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައި ވާއިރު އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު