ކޯވިޑް ބަލިމީހުންނަށް ފަރުވާދޭ މަރުކަޒެއް
ކޯވިޑް ބަލިމީހުންނަށް ފަރުވާދޭ މަރުކަޒެއް
ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެފަހުން އެކަމަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

އެންމެފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ މިދިޔަ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. އެމުއްދަތު ޖެނުއަރީ މަހުގެ 29 އަށް ހަމަވާއިރު ހެލްތު މިނިސްޓަރު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްގޮތަށް ބާއްވަން ނިންމެވީ ކަމަށެވެ.

މި ގަރާރުގައި ރައްޔިތުންގެ ސަލަމާތާރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ އަންގަވާފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި އިރު މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ އައު ވޭރިއަންޓް ރާއްޖެއިންވެސް މިހާރު ވަނީ ފެނިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން