ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އައްޔަންކުރި ތިން ފަނޑިޔާރުން
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އައްޔަންކުރި ތިން ފަނޑިޔާރުން
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަނުން އިއްޔެ ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް މިއަހަރަށް ފަނޑިޔާރުން އައްޔަން ކޮށްފައެވެ.

ފަނޑިޔާރުންގެ މަޖިލީހަށް އައްޔަންކުރި ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުއްރައޫފް އިބްރާހީމާއި ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޛު މުހުތާޒް ފަހުމީއެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތައް އެކުލަވާލާ މަޖިލީހެކެވެ.

ޖޭއެސްސީގެ ގާނޫގައިވާ ގޮތުން އެ ކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭގޮތުން ނިންމާ މައްސަލަތައް ކޯޓަށް ހުށަހެޅޭނެއެވެ. ނަމަވެސް އޭގެކުރިން އެމައްސަލައެއް ހުށައަޅަން ޖެހެނީ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށެވެ.

ޖޭއެސްސީން ޢާއްމުކޮށްފައިވާ އެ ކޮމިޝަންގެ މިދިޔައަހަރުގެ އަހަރީ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި އެކޮމިޝަނަށް ހުށަހައަޅާފައިވަނީ 404 މައްސަލައެވެ. މީގެ ތެރެއިން 395 މައްސަލަ ބެލުމަށް މައްސަލަބަލާ ކޮމިޓީން ނިންމާފައިވެއެވެ.

2021 ވަނަ އަހަރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 01 ފަނޑިޔާރެއްގެ މައްސަލަ އެވެ. އޭގެ އިތުރުން 14 ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅު ވަނީ އަޅާފައެވެ. އޭގެ އިތުރުން ފަނޑިޔާރުންނާ ގުޅުންހުރި 18 މައްސަލައެއް ސާބިތުނުވާކަމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން