ހިޔާ މަޝްރޫޢުގެ ޓަވަރުތައް | ރަސް ފޮޓޯ: ޝާހް
ހިޔާ މަޝްރޫޢުގެ ޓަވަރުތައް | ރަސް ފޮޓޯ: ޝާހް
"ހިޔާ ޕާކް" ސަރަޙައްދުގައި ޕާކް ކޮށްފައިހުރި އުޅަނދުތައް އެސަރަޙައްދުން ނެގުމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން އަންގައިފިއެވެ.

އެޗްޑީސީން "ހިޔާ ޕާކު" ހެދުމަށް ނިންމާފައިވަނީ ހިޔާ ޓަވަރުތަކުގެ އެޗް 5 އަދި އެޗް 9 ވަނަ ޓަވަރާ ދެމެދުގައި ވާ ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ، ހިޔާ ޕާކް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި އެތަން ހުސްކުރުމަށް އެދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި އެކޯޕަރޭޝަނުން ވަނީ މައާފަށް އެދިފަ އެވެ.



އެޗްޑީސީން ގެންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި އިތުރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސަރަޙައްދުގައި މިސްކިތާއި ސްކޫލާއި އެހެނިހެން އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރު ވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން