ރާއްޖޭގެ ރަށްރަށުގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެ އަރައިފޭބުން މަނާކޮށްފައިވާ ރަށުގެ ޢަދަދު 31 އަށް އަރައިފިއެވެ.
ކޯވިޑް-19ގެ ޙާލަތު ގޯސްވެ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރޭ ނިސްބަތް މިހާރުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެކަމާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމާއި ކަރަންޓީނުވުމުގައި ޢަމަލުކުރަމުންއައި އުސޫލު އެޗްޕީއޭއިން ވަނީ ހަރުކަށިކޮށްފައެވެ.
އެޗްޕީއޭއިން ޢާއްމު ކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންގައި ނުވަތަ އަރާފޭބުން މަނާކޮށްފައި 31 ރަށެއް އެބައޮތެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް 19 ރަށެއް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.
ފާއިތުވި ހަފުތާ ތެރޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. މިލަންދޫ، ނ. ކުޑަފަރި، ނ. މާޅެންދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، އދ. މަހިބަދޫ، ވ. ކެޔޮދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ތ. ގުރައިދޫ، ލ. ދަނބިދޫ، ލ. ހިތަދޫ، ގއ. ކޮލަމާފުށި، ގދ. ތިނަދޫ، ގދ. މަޑަވެލި އަދި ގދ. ވާދޫ ހިމެނެއެވެ.
ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 128،089 އަށް އަރާފައިވާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 16،950 ގައެވެ. އިއްޔެ ގްރޭޓަރ މާލެ ސަރަހައްދުން އެކަނިވެސް 1280 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވީ 1219 މީހުންނެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 607 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 54 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 274 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު