ޕީޕީއެމް ސަރުކާރެއްގައި ޕީޕީއެމް ކުދިން ނޫން ބަޔަކަށް ޖާގައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް މާލޭގައި ދިރިއުޅޭ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ކަންކަމުގައި ކަންތައްތައް ކުރަންވާނެގޮތް މި ސަރުކާރުން ދަސްކޮށްދީފިި ކަމަށެވެ. އެހެންކަމުން ޕީޕީއެމް ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް ކުދިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"2023ގައި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ކަމަށްވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުންނަށް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުން އެ މަޢުލޫމާތު އެޕާޓީއަށް ޙިއްސާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދަ މުވައްޒަފުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ވަޒީފާ އަލުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.

ކިޔުންތެރިންގެ ހިޔާލު