ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ ވަޑައިގެން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މިހާރުގެ ދާޚިލީ ވަޒީރު މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ހަތް އަހަރު ކުރީގެ ވީޑިއޯއެއްގެ މައްސަލަބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އެ ފަދަ މައްސަލައެއް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މަހުގެ 17 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

އަދި އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި އެމްޑީޕީން ވެސް ވަނީ މި ވިޑިއޯގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ރައީސް ނަޝީދަކީ އެފަދަ ވާހަކައެއް ދައްކާވާނެ ބޭފުޅެއް ނޫން ކަމުގައި ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

މީގެ ހަތް އަހަރު ކުރިން، އާންމުވި މި ވީޑިއޯ އާންމުކުރުމުގައި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ އާއި ސްޓޭޓް މިނިސްޓަރ ނަޒީރުގެ ބައިވެރިވުމެއް އޮތް ކަން ފަހުން ވަނީ ހާމަވެފައެވެ. އެގޮތުން މި ވިޑިއޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ ވެސް މިހާރުގެ ދާޚިލީ ވަޒީރު އިމްރާންގެ ރަސްމީ ޓުވީޓާ އެކައުންޓުންނެވެ. އަދި މި ވީޑިއޯ އަދާލަތު ޕާޓީގެ ޔޫޓިއުބު ޗެނަލްގައި ވެސް އެވީޑީއޯ އާންމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން