ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު
ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު
ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅުވާލުމަށް ހިންގާ މަޝްރޫޢުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ ދެ ކޮމަންޑޫ ގުޅުވާލުމުގެ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން އެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމެވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޮމަންޑޫގެ ބޯހިޔާވަހި ކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅާލުން ކަމަށެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޖެޓުގައި ނެތް މަޝްރޫއެއް ފަށާފައިވާ ކަމަށް ބުނެއެވެ. އޭސީސީން ބުނީ މިމަހުގެ 19 ވަނަ ދުވަހު އެމައްސަލަ ހުށައަޅާފައިވާ ކަމަށާއި މިވަގުތު އޭސީސީގެ އެއްވެސް މެމްބަރަކު ނެތުމުން އެ މައްސަލައާމެދު ގޮތެއް ނުނިންމޭނެކަމަށެވެ.

އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅުވައިގެން ސަރުކާރުން ވަނީ އެދާއިރާގެ ގިނަ ޕްރޮޖެކްޓްތަކެއް އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 249.9 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

އިންތިޚާބާ ދިމާކޮށް ހިންގާ މަޝްރޫޢުތަކަކީ ނުފޫޒު ފޯރުވުމުގެ ޢަމަލުތަކެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނި ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މެނިފެސްޓޯގައި ހިމެނޭ ކަމެއްނަމަ އެކަމެއް މި ދުވަސްވަރުވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭސީސީއަށް މި މައްސަލަ ހުށައަޅާފައިވާއިރު މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޮޑިޓް އޮފީސް މެދުވެރިކޮށް އޭސީސީގެ މެންބަރުންގެ ޕާރފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެ މެންބަރުން ވަކިކުރުމަށް ނިންމެވުމުން އޭސީސީގެ ހުރިހާ މެންބަަރުން ވަނީ ކޮމިޝަނުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ޢާމިރު

02-Feb-2022

ޢުގައް ވެލި އަޅައިގެން ގެންގޮސް މުއްދަތައް ނިއްމެއިނެބާ? ޠަޤީން.



ޓްރެންޑިން