ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ޏ. ފުވައްމުލަކުގެ ބައެއް ގޭގޭގެ ފާރުގައި ވަނީ ނޮވެމްބަރު 3 1988 ގެ ބަތަލް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ހިމެނޭ ބެނާތަކެއް ހަރުކޮށްފައެވެ. އެކަމާ ގުޅިގެން މެމްބަރު ޔާސިރު ވިދާޅުވީ ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޚްލާޤެއް ހުންނަންވާނެ ކަމަށެވެ.
"ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދި ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން." މެންބަރު ޔާސިރު ވިދާޅުވިއެވެ.
އެކަމާގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ކުޅޭ ކުޅިވަރަކަށް ބޭނުންކުރަނީ ލަދުހަޔާތެއް ނެތުމުން ކަމަށެވެ. އަދި އެކުޅެނީ ލެއާކަމަށް އާތިފް ވިދާޅުވިއެވެ.
"ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް، ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ." މޭޔަރު އާތިފް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮޅުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު pic.twitter.com/nDkBnfzg3s
— Yasir Abdul Latheef (@YasirLathyf) January 28, 2022
އެކަމާގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ކުޅޭ ކުޅިވަރަކަށް ބޭނުންކުރަނީ ލަދުހަޔާތެއް ނެތުމުން ކަމަށެވެ. އަދި އެކުޅެނީ ލެއާކަމަށް އާތިފް ވިދާޅުވިއެވެ.
"ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް، ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ." މޭޔަރު އާތިފް ވިދާޅުވިއެވެ.
ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް، ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ https://t.co/STxvP60hA9
— 🅰 🆁 🆃 🅷 🅸 🅵 (@ArthifKFCity) January 29, 2022
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮޅުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު