ބަތަލުންނަށް ޖޯކުޖެހި މީހުންގެ ފަސްބައިގައި އެލިގެން އޮތުމަކީ ހުތުރުކަމެެއްކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފަށް ފާޑު ވިދާޅުވެއްޖެއެވެ.
މެމްބަރު ނަޝީދު، މެންބަރު ޔާސިރުއަށް ފާޑު ވިދާޅުވީ، ނޮވެމްބަރު 3 ގެ ބަތަލު ހުސައިން އާދަމްގެ ފޮޓޯ އިދިކޮޅު ހަރަކާތްތަކުގައި ބޭނުންކޮށްގެން މެމްބަރު ޔާސިރު ކަންބޮޑުވުމުންނެވެ.
މެމްބަރު ޔާސިރު ކުރި ޓުވީޓުގައި ވިދާޅުވީ ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދި ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއްކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ޔާސިރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން މެންބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ބޮޑުމުހައްމަދު ފަދަ މިނިވަންކަމާއި އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ވަކާލާތުކޮށް ހައްގު ޖިހާދެއްވި ވަރުގަދަ ބަތަލެއްގެ ދަރިފަސްކޮޅުން އައި މީހަކަށް ޔާސިރު ވެވަޑައިގެން ހުރެ ދައްކަވަނީ ފިނޑި ވާހަކަތަކެއްކަމަށެވެ. އަދި ގައުމު އަޅުވެތި ކަމެއްގެ ދަށަށް ދާއިރު އެ ވިސްނުމުގައި ހުރުން މާހުތުރުކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓާއި ތިލަދުންމަތީ އަދި ދިވެހިރާއްޖޭގެ ފަހުރެއް ކަމުގައިވާ ހުސައިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަށް ޖޯކުޖަހާ ފިނދަނައޭ ގޮވިވަގުތު ޔާސިރު ހުންނެވީ އެއްޗެއް ބުނަން ނުކެރިފައިކަމަށެވެ.
"ދިވެހިރާއްޖޭގެ ފަހުރެއް ކަމުގައިވާ ހުސައިން އާދަމް އެކުރި މަތިވެރި ޖިހާދަށް ޖޯކު ޖަހާ ފިނދަނައޭ ގޮވިވަގުތު އެއްޗެއް ބުނަންނުކެރި އެފަދަ ބައެއްގެ ފަސްބައިގައި އެލި ތިކުރަނީ މާހުތުރު އަދި ކުޅުދުއްފުށްޓާއި ތިލަދުންމަތީ ކިއްކުރަން ގައުމީ އަބުތޯލުންނާއި ގައުމުވެސް ލަދުވެތިވާ ހުތުރު ކަންތައްތައް ނޫންބާ." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުން ނޮވެމްބަރު 3ގެ ބަތަލުން ދިފާއުކޮށް ވާހަކަދައްކަމުންދާއިރު، ނޮވެމްބަރު 3ގެ ޖިހާދުގެ ހަނދާންތައް އާކުރާ ނަސްރުގެ ދުވަސް މި ސަރުކާރުން ފާހަގަކުރުމަށް ފަސްޖެހޭކަމަށް އިދިކޮޅުން މީގެކުރިންވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއީ ސަރުކާރުން ބީ ކެޓަގަރީގައި ފާހަގަކުރާ ދުވަހެއްކަމަށް ބައެއް ފަރާތަކުން ވިދާޅުވެއެވެ.

ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު pic.twitter.com/nDkBnfzg3s
— Yasir Abdul Latheef (@YasirLathyf) January 28, 2022
މެމްބަރު ޔާސިރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން މެންބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ބޮޑުމުހައްމަދު ފަދަ މިނިވަންކަމާއި އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ވަކާލާތުކޮށް ހައްގު ޖިހާދެއްވި ވަރުގަދަ ބަތަލެއްގެ ދަރިފަސްކޮޅުން އައި މީހަކަށް ޔާސިރު ވެވަޑައިގެން ހުރެ ދައްކަވަނީ ފިނޑި ވާހަކަތަކެއްކަމަށެވެ. އަދި ގައުމު އަޅުވެތި ކަމެއްގެ ދަށަށް ދާއިރު އެ ވިސްނުމުގައި ހުރުން މާހުތުރުކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓާއި ތިލަދުންމަތީ އަދި ދިވެހިރާއްޖޭގެ ފަހުރެއް ކަމުގައިވާ ހުސައިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަށް ޖޯކުޖަހާ ފިނދަނައޭ ގޮވިވަގުތު ޔާސިރު ހުންނެވީ އެއްޗެއް ބުނަން ނުކެރިފައިކަމަށެވެ.
"ދިވެހިރާއްޖޭގެ ފަހުރެއް ކަމުގައިވާ ހުސައިން އާދަމް އެކުރި މަތިވެރި ޖިހާދަށް ޖޯކު ޖަހާ ފިނދަނައޭ ގޮވިވަގުތު އެއްޗެއް ބުނަންނުކެރި އެފަދަ ބައެއްގެ ފަސްބައިގައި އެލި ތިކުރަނީ މާހުތުރު އަދި ކުޅުދުއްފުށްޓާއި ތިލަދުންމަތީ ކިއްކުރަން ގައުމީ އަބުތޯލުންނާއި ގައުމުވެސް ލަދުވެތިވާ ހުތުރު ކަންތައްތައް ނޫންބާ." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުން ނޮވެމްބަރު 3ގެ ބަތަލުން ދިފާއުކޮށް ވާހަކަދައްކަމުންދާއިރު، ނޮވެމްބަރު 3ގެ ޖިހާދުގެ ހަނދާންތައް އާކުރާ ނަސްރުގެ ދުވަސް މި ސަރުކާރުން ފާހަގަކުރުމަށް ފަސްޖެހޭކަމަށް އިދިކޮޅުން މީގެކުރިންވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއީ ސަރުކާރުން ބީ ކެޓަގަރީގައި ފާހަގަކުރާ ދުވަހެއްކަމަށް ބައެއް ފަރާތަކުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު