އަތޮޅުތަކަށް އޮތް ހައްލަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ ތާރީޚުގައިވެސް އަތޮޅުތެރޭގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުން ގެންދަނީ މި ސަރުކާރުން ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނަށް ކޮމަންޑޫގައި މިވަގުތު ހުންނެވި މޭޔަރު ނިޒާރު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ކުރިއަށްދާ މަޝްރޫޢުތަކަށް އެކަނި ބަލާލުމުންވެސް އަތޮޅުތަކަށް އޮތް ހައްލަކީ އެމްޑީޕީގެ ސިޔާސަތުކަން އެނގިގެންދާ ކަމަށެވެ.
މީގެކުރިން މޭޔަރު ނިޒާރު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕާޓީން ކަނޑައެޅި ސިޔާސަތާއި ފަލްސަފާގައި ދެމިތިބުން ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ސަލާންޖަހަން އާދަވެފައިވާ އެތައް ތަކުލީފުތަކަކުން ރައްޔިތުން މިނިވަންވެއްޖެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-ލެކްޝަން ބޯމަތިވެފައި ވަނިކޮށް އެ ދާއިރާގައި ސަރުކާރުން މަޝްރޫއުތަކެއް ފަށަން ނިންމުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެ މަޝްރޫއުތަކާއި ކެމްޕޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެއީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް މިހާރުވަނީ ބީލަމަށް ލާފައެވެ. އޭގެ އިތުރުން އެދާއިރާގެ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރަށް ވަނީ ބަޖެޓް ކޮށްފައެވެ. ހަމައެއާއެކު އެރަށު ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަތްވެސް ވަނީ ދަނީ ކުރިއަށެވެ. އަދި ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

Thaareehugai Atholhu therey hingey emme gina masakkai mi sarukaarun hingamun dhaakan Komandoo dhaairaa ge Rahthakun hekkaai eku fennamun dhey. Atholhu thakah hallakee MDP ge siyaasath. #VoteRashid pic.twitter.com/ps9KtMhnAa
— Ali Nizar (@DhekunuNizar) January 29, 2022
މީގެކުރިން މޭޔަރު ނިޒާރު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕާޓީން ކަނޑައެޅި ސިޔާސަތާއި ފަލްސަފާގައި ދެމިތިބުން ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ސަލާންޖަހަން އާދަވެފައިވާ އެތައް ތަކުލީފުތަކަކުން ރައްޔިތުން މިނިވަންވެއްޖެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-ލެކްޝަން ބޯމަތިވެފައި ވަނިކޮށް އެ ދާއިރާގައި ސަރުކާރުން މަޝްރޫއުތަކެއް ފަށަން ނިންމުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެ މަޝްރޫއުތަކާއި ކެމްޕޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެއީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް މިހާރުވަނީ ބީލަމަށް ލާފައެވެ. އޭގެ އިތުރުން އެދާއިރާގެ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރަށް ވަނީ ބަޖެޓް ކޮށްފައެވެ. ހަމައެއާއެކު އެރަށު ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަތްވެސް ވަނީ ދަނީ ކުރިއަށެވެ. އަދި ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު