ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު 58 މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 13 ބަންގްލަދޭޝް ރައްޔިތުން، 14 އިންޑިއާ ރައްޔިތުން އަދި ނޭޕާލުގެ 6 މީހަކު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
ރާއްޖެ އިން މިފަހުން ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިން ކަން ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޭސް ފެންނަން އެކަށީގެންވާ އަދަދެއްގެ ގޮތުގައި ނުވަތަ ބޭސް ލައިނެއްގެ ގޮތުގައި ޓެގް ޓީމުން އެންމެ ފަހުން ކަނޑައަޅާފައިވަނީ ދުވާލެއްގެ މައްޗަށް 30އާއި 50 އާއި ދެމެދުގެ އަދަދެކެވެ. މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދަށް އަދަދެއް ކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު