ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލެއް އެމްޑީޕީގެ މަޖިލީސް މެންބަރުން ފަރުމާކޮށްފިއެވެ.
އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޙަރަކާތް ހުއްޓުވުމަށް ފަރުމާކޮށްފައިވާ މިބިލު މިހާތަނަށް ޙިއްސާކޮށްފައިވަނީ މަޖިލީހުގެ ދާދި މަދު ޢަދަދެއްގެ މެންބަރުންތަކަކާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ބިލު މަޖިލީހުގެ މިފެށޭ ދައުރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށް ޑްރާފްޓްގައިވެއެވެ. އެގޮތުން ޤާނޫނީ ހަމަތަކުގެ މަތިން ޤައުމުތަކާއެކު ޤާއިމްކޮށްފައިވާ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުން ވަނީ މަނާކޮށްފައެވެ.
އެފަދަ ޢަމަލެއްކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ގޮތުގައި ޖޫރިމަނާ ކުރުމާއި ގޭގައި ބަންދު ކުރުމާއި ޖަލު އަދަބު ދިނުން ހިމެނެއެވެ. މި ބިލަށް ކުރިއަށްއޮތް ތަނުގައި އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެއެވެ.
ޖުމްލަ 9 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ބިލު ޤާނޫނަކަށް ވުމުން ހަދަންޖެހޭ ޤަވާއިދުތައް ތިންމަސް ދުވަހުގެ ތެރޭގައި ހެދުމަށް މަތިކޮށްފައިވަނީ ޚާރިޖީ ވަޒީރަށެވެ.
މިބިލާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު