ކޮވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ކޮވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 277 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 6:51 ހާއިރު ކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދީފައިވެއެވެ.

މި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 277 އަށް އަރާފައެވެ. މިއީ މިމަހު ކޮވިޑްގައި ނިޔާވި ފުރަތަމަ މީހާއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 259 ދިވެހިންނާ 18 ބިދޭސީންނެވެ.



ރާއްޖޭން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެ މިވަގުތުއޮތީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖޭން އިއްޔެ 2754 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން