އިދިކޮޅު ލީޑަރޝިޕްގެ އިސް ބޭފުޅުން
އިދިކޮޅު ލީޑަރޝިޕްގެ އިސް ބޭފުޅުން
ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ޖައްސަވާ ހިސާބު މިފަހަރު ދިމާވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ތިން ކެނޑިޑޭޓުންވެސް ދަނީ އިންތިޚާބަށް ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އެގޮތުން ކެމްޕޭން ޖަލްސާތަކާއި ތަފާތު ރެލީތައް އެ ދާއިރާގައި ކެނޑިޑޭޓުންގެ ފަރާތުން ދަނީ ބާއްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ކޮމަންޑޫ ބައި-އިލެކްޝަންގައި ވާދަކުރަށްވާ ކެނޑިޑޭޓު މޫސާ ފަތުޙީގެ ކެމްޕޭނުގައި މިވަގުތު އެދާއިރާގައި ހުންނެވި ޝިޔާމް ވިދާޅުވީ އަދުރޭގެ ހިސާބުތަކުން ދައްކަނީ ބޮޑުތަނުން ޕީޕީއެމްގެ ކެނޑިޑޭޓު މި އިންތިޚާބު ކާމިޔާބު ކުރަށްވާ މަންޒަރު ކަމަށެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު


1

އަދުރޭމެޓިކްސް

03-Feb-2022

އަދުރެމެޓިކްސް ދިމާވޭތޯ ބަލާބަލަ.


11

ސިޔާމް

03-Feb-2022

4×50=2000000