މަޖިލީހުން ހަދާ ޤާނޫނުން ވެރިކަން ބޭނުމިއްޔާ އެހެން ޤާނޫނުތަކަށްވެސް ޖެހޭނީ ބޯލަނބަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހިންގާ ޙަރަކާތް ހުއްޓުވުމަށް ފަރުމާކޮށްފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރަށް ހުށައެޅުމަށް ތައްޔާރުވަމުންދާއިރު އެކަމާގުޅިގެން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެޙަރަކާތް ޤާނޫނަކުން ނުހުއްޓުވޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ އިންޑިއާ ސިފައިން މީގެކުރިން ރާއްޖޭގައިތިބީ މަޖިލީހުން ހުއްދަ ނަގައިގެނެއްނޫން ކަމަށެވެ. އަދި އިންޑިއާ އައުޓްގޮވުން ހުއްޓުވުމަށް ޤާނޫނު ހެދޭނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މަޖިލީސް މެދުވެރިކޮށް ފާސްކުރަން މަސައްކަތްކުރާ ޤާނޫނު ދިފާޢުކުރަށްވަމުން މޫސަ ވިދާޅުވީ ބަޣާވާތްކުރުމަކީ ވެސް ޤާނޫނުއަސާސީގައި ހުއްދަކަމެއް ނޫންކަމަށެވެ. އެހެންކަމުން ތަސްވީރު ބަލަންވާނީ ތަސްވީރު ބުނާގޮތަށްކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ 3 ނޮވެމްބަރ 88 ގައި އިންޑިއާސިފައިން ހަތިޔާރާއެކު ރާއްޖެއައިސް އެއްއަހަރު ދުވަހު ޢާއްމުކޮށް މަގުތައްމަތީގައި އުޅުނުކަމަށެވެ. އަދި ސުނާމީއަށްފަހު އިންޑިއާ ސިފައިން ރާއްޖޭގައި އުޅުނުކަމަށާއި ރައީސް ނަޝީދާއި، ރައީސް ވަހީދާއި، ރައީސް ޔާމީން އަދި މިހާރުވެސް އެބަތިބި ކަމަށް މޫސަ ވިދާޅުވިއެވެ.
"ކޮންފަހަރަކުތޯ މަޖްލީހުން ރުހުންހޯދައިގެން ގެނައީ؟.. މަޖިލީހުން ހަދާޤާނޫނުން ވެރިކަން ބޭނުމިއްޔާ އެހެން ޤާނޫނުތަކަށްވެސް ޖެހޭނީ ބޯލަނބަން." އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ދިވެހި ސިފައިން ބޭރުޤައުމުތަކުގެ ސިފައިންނާއެކު ތަމްރީނުވުމާއި، ބައިނަލްއަޤްވާމީ އަސްކަރީ ގުޅުންތަކުގައި ބައިވެރިވުމާއި، ބޭރުގެސިފައިން ރާއްޖެއައުމަކީ ކޮމާންޑަރ އިން ޗީފްގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވައިގެން ކުރާ ކަންކަން ކަމަށެވެ. އަދި އެކަންކަން އަބަދުވެސް ހިނގާކަމަށް މޫސަ ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވިނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ރައްޔަތުންގެ މަޖްލީހުގެ މެޖޯރޓީއާއި މަޖްލީހުގެ ރުހުމާ ހާސްބޮޑުވީމަ ކުއްލިނުރައްކާ އިއުލާނު ނުކޮށް މަޖްލީހަށްބަރޯސާނުވެ މިފަހަކަށްއައިސް ވެރިކަންކުރި ރައީސަކު ދިވެހިން ނުދެކޭނެ؟ މަޖްލީހުންހަދާޤާނޫނުން ވެރިކަންބޭނުމިއްޔާ އެހެންޤާނޫތަކަށްވެސް ޖެހޭނީ ބޯލަނބަން
— Moosa Maniku (Reeko) (@ReekoMoosa) February 2, 2022
މޫސަ އިތުރަށް ވިދާޅުވީ ދިވެހި ސިފައިން ބޭރުޤައުމުތަކުގެ ސިފައިންނާއެކު ތަމްރީނުވުމާއި، ބައިނަލްއަޤްވާމީ އަސްކަރީ ގުޅުންތަކުގައި ބައިވެރިވުމާއި، ބޭރުގެސިފައިން ރާއްޖެއައުމަކީ ކޮމާންޑަރ އިން ޗީފްގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވައިގެން ކުރާ ކަންކަން ކަމަށެވެ. އަދި އެކަންކަން އަބަދުވެސް ހިނގާކަމަށް މޫސަ ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވިނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު