ގާނޫނު އަސާސީ ހެދިފަހުން ރާއްޖޭގައި އިސްލާމްދީން ގެއްލޭފަދަ ގާނޫނެއް މިހާތަނަށް ހަދާފައި ނެތްކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އެ ގޮނޑިއަށް އިންތިޚާބު ކުރަންޖެހޭ އެއްސަބަބަކީ އިސްލާމްދީން ޙިމާޔަތް ކުރުން ކަމަށް އިދިކޮޅު ޕީޕީއެމުން ދަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން އިދިކޮޅަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށާއި އެކަން ބަދަލުނުވާނެ ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ނާއިބް ރައީސްގެ މަޤާމުގައިވެސް ހުންނެވި ޝަރީފް ވިދާޅުވީ، އިސްލާމްދީން ހިމާޔަތްވެފައި އޮންނަތާ އެތަކެއް އަހަރެއް ވެއްޖެ ކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށާއި، ދިވެހި ރައްޔިތުންނަށް ވެވޭނީވެސް މުސްލިމުންނަށްކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ގާނޫނު އަސާސީ ހެދިފަހުން އިސްލާމްދީން ގެއްލޭފަދަ ގާނޫނެއް އަދި ނަހަދާ." އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން އިއްޔެ ވިދާޅުވީ އަދުގެ ސަރުކާރުން އިސްލާމްދީން ހިމާޔަތްކުރަން ފަސްޖެހޭ ޖެހުމަށް ނޫނެކޭ ބުނުމަށް ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީއަށް ވޯޓު ދޭންޖެހޭ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު