ޢަދާލަތުޕާޓީގެ ރައީސް އިމްރާން ޢަބްދުالله (މ)
ޢަދާލަތުޕާޓީގެ ރައީސް އިމްރާން ޢަބްދުالله (މ)
އެމްޑީޕީގެ ކެމްޕޭނަށް ދާޚިލީ ވަޒީރު އަދި ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުالله ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް ފިޔަވާ އެހެން ހުރިހާ ޕާޓީއަކުން ވަނީ އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ރާޝިދަށް ތާޢީދު ކުރުމަށް ނިންމާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްވެސް ގެންދަވަނީ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުالله ކޮމަންޑޫ ދާއިރާގެ މަރޮށީގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވާ ކަމަށެވެ. އިމްރާންގެ އަރިހުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި ދާޚިލީ ވުޒާރާގެ އިސްބޭފުޅުންވެސް ގެންދަވަނީ މަރޮށީގައި ކުރިއަށްދާ ކެމްޕޭނުގައި ޙަރަކާތްތެރިވަމުންނެވެ.



އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ކުރުމަށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތުން ނިންމީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ ރާޝިދަށް ތާއީދު ކުރުމަށް އެޕާޓީގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، ކެންޑިޑޭޓުންގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ދާދިފަހުން އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް އިންތިޚާބުގައި ވާދަކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު