އައްޑޫޫޫ ހުޅުމީދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން
އައްޑޫޫޫ ހުޅުމީދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން
އައްޑޫޫ އަކީ ބޮޑު ސިޓީއެއް ކަމަށާއި ރާއްޖޭގެ ކުދި ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ އަޅާކިޔައިގެން އައްޑޫގެ ޙާލަތު ވަޒަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ޙުސައިން ނިހާދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާ މިންވަރު ލަސްކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ނިހާދު މިއަދު ވިދާޅުވީ ރާއްޖޭގައި އޮތް އެންމެބޮޑު އެއްސަރަޙައްދަކީ އައްޑޫ ސިޓީ ކަމަށެވެ. އެހެންކަމުން އެސިޓީގައި ހިންގާ މަޝްރޫޢުތަކާއި ކުދި ރަށްރަށުގައި ހިންގާ މަޝްރޫޢުތައް އަޅާކިޔައި މަޝްރޫޢުތައް ކުރިޔަށްދާ މިންވަރު ލަސްކަމަށް ބުނުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ.

"އައްޑޫ ސިޓީގައި ޒަމާނީ 8 ބަނދަރު ހަދަން ޖެހޭއިރު ކުޑަރަށެއްގައި ހަދަންޖެހެނީ އެއް ބަނދަރު. 7 ބަނދަރު އެބަ ހަދާ." ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.



ނިހާދު މިމޭރުމުން ވިދާޅުވެފައިވާއިރު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާއި އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އައްޑޫސިޓީގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު