ށ. ފޯކައިދޫގައި މިވަގުތު ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އެރަށުގައި ތިބޭ ގެސްޓްހައުހަކީ އެމްޑީޕީގެ ޖަގަހައެއް ކަމަށް ބުނެ ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހިމް އެ ގެސްޓްހައުހަށް ވަނުމުން ރަށުގެ މަސްރަޙު ހަލަބޮލިވެއްޖެއެވެ.
ފޯކައިދޫއަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން ތިބީ އެ ރަށު ސަންސެޓް ގެސްޓް ހައުސްގައެވެ. އެ ގެސްޓް ހައުހަކީ އެމްޑީޕީގެ ކެމްޕެއިނަށް ބޭނުން ކުރަމުން އައި ތަނެއް ކަމަަށް ޕީޕީއެމުން ތުހުމަތުކުރެއެވެ. އެ ގެސްޓްހައުސްގައި އެމްޑީޕީގެ ފަރާތުން އެރަށުގައި ތިއްބަވާ ބައެއް ބޭފުޅުން ތިއްބަވާކަމަށް ވެއެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި އީސީގެ އޮފިޝަލުންވަނީ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ހުންނެވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އާ ބައްދަލު ކޮށްފައެވެ. ޕީޕީއެމްގެ ސަޕޯޓަރުން އެގެސްޓްހައުހަށް ވަނުމުން އެ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވިއެވެ.
އޭގެ އިތުރުން ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައިވަނީ ބަހުގެ ޙަމަލާތައް ބަދަލުކޮށްފައެވެ. އެމްޑީޕީން ތުހުމަތު ކުރަނީ ޕީޕީއެމްގެ ސަޕޯޓަރުން އީސީގެ އޮފިޝަލުންނަށް ބިރުދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު