ޕީޕީއެމަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް ކަމަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމަށް ލިބުނު ނާކާމިޔާބާއި ގުޅިގެން އެމްޓީޑީން މިރޭ ބުނެފައިވަނީ ޕީޕީއެމް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށެވެ. އޭގެ އިތުރުން ޕީޕީއެމަކީ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް ކަމަށާއި ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުންވީ ބަލި ކަމަށް އަދީބުގެ އެމްޓީޑީން ބުނެފައި ވެއެވެ.
"ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި! ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް! ރިފޯމް ޕީޕީއެމް!" އެމްޓީޑީން ބުނެފައިވެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަށްޑޫދާއިރާގެ ގޮނޑީގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ގޮނޑި ދިފާޢުކޮށް ސަރުކާރަށްއޮތް ތާޢީދު ދައްކާލައިފައެވެ.
އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު ފަތުޙީއަށް 1161 ވޯޓު ވަނީ ލިބިފައެވެ. އަދި ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން! ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި! ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް! ރިފޯމް ޕީޕީއެމް!
— Maldives Third-Way Democrats (@MTDSecretariat) February 5, 2022
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަށްޑޫދާއިރާގެ ގޮނޑީގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ގޮނޑި ދިފާޢުކޮށް ސަރުކާރަށްއޮތް ތާޢީދު ދައްކާލައިފައެވެ.
އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު ފަތުޙީއަށް 1161 ވޯޓު ވަނީ ލިބިފައެވެ. އަދި ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު