ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ރާޝިދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބުރައީސް ފައިސަލް ނަސީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރަށްވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާޝިދު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަައްވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވައި ކެމްޕޭނުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.



މި އިންތިޚާބުގެ ކާމިޔާބާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ މި ލިބުނު ފުރިހަމަ ކާމިޔާބީގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދި އެމްޑީޕީގެ އިހުލާސްތެރި މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ހަމައެއާއެކު ސަރުކާރުން ވަމުން އަންނަ ވައުދުތައް ފުއްދުމުގައި ދެމިތިބޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.



އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު ފަތުޙީއަށް 1161 ވޯޓު ވަނީ ލިބިފައެވެ. އަދި ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު