ހއ. ފިއްލަދޫ ސްކޫލްގައި ޕްރިންސިޕަލެއް ނެތުމުން އެސްކޫލްގެ ބެލެނިވެރިން މިއަދު އިޙްތިޖާޖް ކޮށްފިއެވެ.
ފިއްލަދޫ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން އެ ސްކޫލްގެ ބެލެނިވެރިން ސްކޫލު ކައިިރިއަށް އެއްވެ މިއަދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ގޮތުން ޕްރިންސިޕަލެއް ނެތި ސްކޫލު ހުޅުވުމާއި ދެކޮޅު ކަމަށްބުނެ ވަނީ ޝުޢޫރު ފާޅުކޮށްފައެވެ. ބެލެނިވެރިން ނުކުމެ ސްކޫލުގައި ތަޅުވެސް އެޅުވިއެވެ. ނަމަވެސް ދިއްދޫގައި ތިބޭ ފުލުހުން އައިސް ބެލެނިވެރިން އެޅުވި ތަޅު ނައްޓާލައި ސްކޫލް ވަނީ ހުޅުވާފައެވެ.
ފިއްލަދޫ ސްކޫލްގައި ދާއިމީ ޕްރިންސިޕަލެއް ނެތް މައްސަލައިގައި ތަޢުލީމާބެހޭ ވުޒާރާއިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ފިއްލަދޫ ސްކޫލަކީ 138 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.
ރާއްޖޭގައި ކޮވިޑްގެ ޙާލަތު ގޯސްވެފައިވާއިރު ސްކޫލްތަކުން ޕޮޒިޓިވް ކޭސްތައް ފެނުމާގުޅިގެން ޓީޗަރުންނާއި ދަރިވަރުން ސްކޫލަށް ނިކުތުމުގައި ދަތިތަކެއް ހުރިކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައިދުރުކަން ދެމެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެވުޒާރާއިން އިލްތިމާސް ކޮށްފައިވެއެވެ.
ހަމައެއާއެކު ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު