މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް
އެމްއެންޕީ ކުރިމަތިލާ ކޮންމެ ދާއިރާއަކުން ފައިބާނީ އެވަގުތެއްގައި އޮންނަ ސަރުކާރު ކުޑަކަކުލަށް ތިރިކޮށްފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއަރމަންގެ މަޤާމުގައިވެސް ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން އެތައް ވަޢުދެއް އެދާއިރާގެ ރައްޔިތުންނަށްވެ އެ ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް އިންތިޚާބުގެ ތެރޭގައި ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވަމުންނެވެ.

ޝަރީފް ވިދާޅުވީ އެމްއެންޕީއަކީ ތަރައްޤީގެ ފިކުރުކަމަށާއި އެޕާޓީގެ އަމާޒަކީ ސަރުކާރުތަކުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ހަލުވި ސްޕީޑްގައި ކުރިއަށްގެންދިއުމަށް ބާރުއެޅުން ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ހޯމްވޯކު އެމްއެންޕީން ހަދައިފި ކަމަށާއި، ދެން އެއްވެސް ސަރުކާރަކަށް ކޮމަންޑޫ ދާއިރާ ހަނދާން ނައްތާލަން ނުކެރޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ކޮމަންޑޫ އަށް މިދިޔަ 17 އަހަރުގައި ސަރުކާރުތަކުން ނުދެވުނު ސަމާލުކަން މިދިޔަ ތިން ހަފްތާތެރޭގައިވަނީ ދެވިފައި، އެހެން ދާއިރާތަކަށްވެސް ލިބުނު ފިލާވަޅެއް." ޝަރީފް ވިދާޅުވިއެވެ.



ހަމައެއާއެކު އެމްއެންޕީގެ ކޮމަންޑޫ އާއިލާ އުފަންވެއްޖެ ކަމަށާއި، ދާއިރާގެ ތިން ރަށުގެ އޮފީސް ބަރާބަރަށް ހިންގާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެދާއިރާގައި އިންތިޚާބާ ދިމާކޮށް ސަރުކާރުން ފަށާފައިވާ ހުރިހައި ޕްރޮޖެކްޓުތަށް ރަނުން ރަނަށް ފުއްދަމުންދޭތޯ ކާރިން ބަލާނެ ކަމަށާއި ދާއިރާގެ ހުރިހައި ރައްޔިތުންގެ ހިދުމަތުގައި އެމްއެންޕީގެ ދޮރުހުންނާނީ ހުޅުވިފައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިޕާޓީން 87 ދާއިރާއަށް ވާދަކުރާ ދުވަކީ އެދާއިރާތަކަށް ބޮޑުއީދު އަންނާނެ ދުވަހެއް." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި އެމްޑީޕީގެ ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު ޕީޕީއެމްގެ ފަތުޙީއަށް ލިބިފައިވަނީ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު