ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ، ޤާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ސަރުކާރުން ދީފައިނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ދީފައިވާކަމަށްބުނެ އިދިކޮޅު ޕާޓީތަކުން އެކިއެކި ނޫސްތައް މެދުވެރިކޮށް ފަތުރާފައިވަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ. އެގޮތުން ސަރުކާރުން ޤާސިމް އިބްރާހިމްގެ ޑަބްލިއުއެލްޓީ ކުންފުންޏަށް ބަދަލުގެ ގޮތުގައި 52 މިލިއަން ރުފިޔާ ދިންކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އަލީ ޞާލިޙް ވިދާޅުވީ ކަނޑައެޅިގެން ދޮގުޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަންކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. އަދި އެ ޚަބަރު ފެތުރި ނޫސްވެރިން އެކަމުގެ ޙަޤީޤަތް ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.
"މި ހުރިހާ ދޮގު ބުހުތާނުތައް އެނބުރީމާވެސް ޗޮކުން ދިޔައީމާ ބުނެލަންއޮތީ ދޮގާ މަކަރާ ހީލަތުން ވާނެ ފައިދާއެއް ނޯންނާނެއޭ." ޢަލީ ޞާލިޙް ވިދާޅުވިއެވެ.
މި ޚަބަރު ފެތުރި ނޫސްތަކުގައި ބުނެފައިވަނީ ޤާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި 52 މިލިއަން ރުފިޔާ ދީފައިވަނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާއި ހަވާލުކުރާއިރު ރިސޯޓް ހިންގުމަށް އެ ކުންފުނިން ބޭނުންވާ ރަށެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބެންޖެހޭނެ ކަމަށް ދެކޭ ކަމަށް ބުނެ ކޯޓުން ބޭރުގައި ކުރި މަޝްވަރާތަކަަކަށްފަހު ކަމަށެވެ.
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްހޫރީ ޕާޓީއާއި ޤާސިމް އިބްރާހިމް ތާޢީދު ކުރަށްވާފައިވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދަށެވެ. އެގޮތުން އެދާއިރާގައި ހުންނަވައިގެން ޤާސިމްވަނީ ރާޝިދަށް ވޯޓު ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ޤާސިމް ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ހިތުގައިޖައްސައިގެން ލިބޭނެ މޮޅެއް އެއްވެސް ބޭފުޅަކަށް ނޯންނާނެ ކަމަށާއި ރައީސް ޞާލިޙްގެ އެދިވަޑައިގަތުމާ އެއްގޮތަށް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދެއްވުމަށް ކުރަށްވަން ޖެހުނު ކޮންމެ ކަމެއް ކުރަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު