މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މަަސައްކަތްކުރާ މަންޒަރު ދިވެހިރައްޔިތުންނަށް ފެންނަން ފަށައިފި ކަމަށް މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި އިންތި ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒަކީ ފަނޑިޔާރުގެ މިނިވަން ކުރުން ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީ ތަސްދީޤުވީ ފަހުން ޖޭއެސްސީ ޙަރަކާތްތެރިވާތަން ދިވެހި ރައްޔިތުންނަށް މިއަދު ފެންނަން ފަށައިފިކަމަށް އިންތި ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާޙުކޮށް ހަރުދަނާ ކުރުމަށް ޖޭއެސްސީން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުންދާކަމަށް އިންތި މިއަދު ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އަސާސީން ލިބޭ ޙައްޤުތަކުގެ ބޭނުން ހިފުމުން ފަނޑިޔާރުގެއިން އެފަރާތްތަކަށް އަދަބު ނުދޭކަން އިންތި ފާހަގަ ކުރެއްވިއެވެ.

"މިސާލެއް ދަންނަވާނަމަ މީގެ ކުރިން އަޅުގަނޑުމެން މުޒާހަރާއެއް ކޮށްގެން ހައްޔަރުކުރީމާ އެމީހަކު ދެ ހަފްތާއަށް ޖަލުގައި ބަންދު ކުރޭ. ނަމަވެސް މިހާރު ކޯޓަށް ގެންދިޔަސް އެ މަންޒަރެއް ނުފެނޭ." އިންތި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން