މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް އިޢުލާނުކުރެއްވި ގޮތާއި އެއްގޮތަށް މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު 720 ލޯނުގެ ފުރުސަތަށް މިއަދު ހުޅުވައިލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯނު ފުރުސަތުތައް އިޢުލާނުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ. މިނިސްޓަރ ވިދާޅުވީ މިފަހަރު ދޫކުރާ ލޯނުތައް ދޫކުރަނީ އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު ކުޑަކުރުމަށްފަހު ކަމަށެވެ. އެގޮތުން މީގެކުރިން ނަގަމުންގެންދިޔަ ތިން އިންސައްތައިގެ އިންޓްރެސްޓު، އެއް އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން ގެންދިޔައީ ފަސް އިންސައްތައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އަލަށް ހުޅުވާލި މި ފުރުސަތުތަކުގެ ދަށުން މިއަދު އިއުލާނުކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.
މިއަދު ހުޅުވާލި ފުރުސަތުތަކަށް ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެއެވެ. އަދި ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ޖާގަ ވަނީ ސްކީމްގެ ތެރެއިން ރިޒާވްކޮށްފައެވެ. ހަމައެއާއެކު ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް މިލޯނު ދޫކުރެވޭނެއެވެ.
މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު