ރައީސް ޔާމީން ދޫކޮށްފައި ބަހައްޓާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި އާޒިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް ދޫކޮށްލާފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު ގަބޫލު ކުރާނެ ކަމެއް ނޫންކަމަށެވެ. މި ފަދަ ކަންކަމާމެދު ފަނޑިޔާރުންނާއި ޖޭއެސްސީން ވެސް ވިސްނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިފަދަ ނިންމެވުން ނިންމަވާ ފަނޑިޔާރުންނާއި މެދު ޖޭއެސްސީން ވިސްނަން ޖެހޭ ކަމަށެވެ. އަދި މިއީ އަޖައިބުވެ އަންތަރީސްވާ ވަރުގެ ހުކުމެއް ކަމަށާއި، ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ކަމަށް ފަނޑިޔާރުން އިއްތިފާގުވާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެ އެ ޕާޓީއަށް އަދިވެސް ތާއިދު އޮތް ކަމުގެ ހެއްްކެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ދޫކޮށްފައި ބަހައްޓާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް ކަމަށް އާޒިމް ސިފަ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި އާޒިމްވަނީ މުއައްސަސާތަކުގެ ވެރިން ބަދަލުކޮށްގެން ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު