ރަށަށް އަރައި ފޭބުން މަނާކޮށްފައި ވާތީ ޑޮކްޓަރަށް ދައްކަން އޮތް މުއްދަތުގައި ޑޮކްޓަރަށް ނުދެއްކި ފަރުވާ ނުދެވިގެން ށ. ނަރުދޫގައި މާބަނޑު މީހެއްގެ ބަނޑަށް ކުއްޖާ މަރުވެއްޖެ އެވެ.
ނަރުދޫއަށް ނިސްބަތްވާ އަންހެން މީހާ، ބަނޑަށް ދަރިފުޅު ނިޔާވިކަން އެގުނީ މިލަންދޫއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އިތުރު ފަރުވާ އަށް ކުޅުދުއްފުށްޓަށް ގެންދިޔުމަށްލަފާ ދިނުމުން އެ ހޮސްޕިޓަލަށް ގޮސް ސްކޭންކޮށް ބެލުމުން ކަމަށް އާއިލާއިން ނޫހަށް މައުލޫމާތު ދިން މީހަކު ކަށަވަރު ކޮށްދީފައި ވެއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން މާބަނޑު އަންހެންމީހާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، މީގެ ކުރިން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އައި އެމީހާ ނަރުދޫން ފެނުނު ކޮވިޑް ކޭސް އާއެކު ރަށް މޮނިޓަރިން އަށްލުމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި އުދަނގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި އެ އުދަނގޫ ތަކާއެކު ވެސް މާބަނޑުމީހާ ޑޮކްޓަރަށް ދެއްކުމަށް ކައުންސިލްގެ ފަރާތުން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެންމެ ބޮޑަށް އެކަމުގައި ދަތިވީ މާބަނޑުމީހާގެ ދައްތައެއް ކޯވިޑް-19 އަށް ޕޮޒިޓިވުމުން އެކަމުގައި އެޗްޕީއޭ އިން ގެންގުޅުނު ހަރުކަށި އުސޫލުގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ. އޭނާ ބުނީ ކޯވިޑް-19 އާއި ގުޅިގެން ރަށްރަށައް އަރައި ފޭބުން މަނާކުރާއިރު ކުއްލި ހާލަތުގައި މާބަނޑުމީހުންނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުން މިހާރަށްވުރެ ފަސޭހަ ގޮތަކަށް ޑޮކުޓަރަށް ދެއްކޭނެ މަގު ތަނަވަސްވެފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އަދި އެފަދަ މީހުންގެ މައުލޫމާތު ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ވެސް އެގުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. މިމައްސަލަ އާއި ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު