ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅު ވެއްޖެއެވެ.
އެންއީއޯސީން ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު 10 މީހަކު ރަނގަޅުވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހި ރަނގަޅުވީ މީހުންގެ އަދަދު ވަނީ 154 އަށް އަރާފައެވެ.
ކޯވިޑް-19 އަށް މިއަދު 24 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ދެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި 24 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އަރާފަ އެވެ. ކޯވިޑު ޖެހިގެން މިވަގުތުވެސް އައިސޮލޭޝަންގައި 1178 މީހުން ތިބިއިރު ކަރަންޓީންގައި 1676 މީހުން އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު